ޚަބަރު

ޑުރަގް މައްސަލައެއްގައި ފޯކައިދޫ ޓީޗަރު ހައްޔަރުކޮށްފި، ބަންދަށް 15 ދުވަސް

ރިފާ ހަލީލު

ޑުރަގް މައްސަލައެއްގެ ތުހުމަތުގައި ށ. ފޯކައިދޫ ސްކޫލުގެ ޓީޗަރު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން މިއަދު "ވަން" އަށް ބުނީ، ޑުރަގުގެ މައްސަލައެއްގައި ފޯކައިދޫން 47 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރި 47 އަހަރުގެ މީހާއަކީ ފޮކައިދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރެކެވެ.