ފަރުވާ ފުރިހަމަ ކުރުމަށްފަހު، މިދިޔަ އަހަރު 242 މީހުން މުޖުތަމައަށް ނެރެފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.
އެންޑީއޭއިން މިދިޔަ ހޯމަ ދުވަހު ޓުވިޓާގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ބޭނުންކުރާ 1،017 މީހަކު ވަނީ ފަރުވާ ހޯދައިފައެވެ އެގޮތުން 242 މީހަކު ފަރުވާ ނިންމާފައިވާ އިރު، 775 މީހުން އަދިވެސް ދަނީ ފަރުވާ ހޯދަމުން ކަމަށް ތަފާސްހިސާބުގައި ބުނެފައިވެއެވެ.
އެންޑީއޭގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ސެންޓަރުތަކުން މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު:
ދައުލަތުގެ ހިންގުމުގެ އޮނިގަނޑަށް 2021 ވަނަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ގެނައި ބަދަލާއެކު އެންޑީއޭ ވަނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ހެލްތު މިނިސްޓްރީން ވަނީ އެންޑީއޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ނޭޝަނަލް ޑްރަގް އެޖެންސީ ބޯޑު އެކުލަވާލައިފައެވެ. އެ ބޯޑު ހިންގާނީ ހެލެތް މިނިސްޓާގެ އިރުޝާދުގެ ދަށުންނެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު އަދިވެސް ގިނަ އިރު، އެ ވަބާ އިން ދުރުވުމަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރެއިން ފަރުވާ ނުފެށި ކިއުގައި ގިނަ ބަޔަކު އަދިވެސް އެބަ ތިއްބެވެ.