ޚަބަރު

އެޑިއުކޭޝަން ސެކްޓާ ޕްލޭން މުރާޖާކުރަނީ

އަހުމަދު ޖައިޝަން

ތައުލީމީ ނިޒާމު ކުރިއަށް ގެންދާނެ ގޮތުގެ މައްޗަށް އެކުލަވައިލާ އެޑިއުކޭޝަން ސެކްޓާ ޕްލޭން (އީއެސްޕީ) މުރާޖާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ގުޅިގެން އަންނަނީ 2019 އިން ފެށިގެން 2023އާ ހަމައިގެ އީއެސްޕީ މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ޕްލޭން މުރާޖާ ކުރުމުން ގްލޯބަލް ޕާޓްނާޝިޕް އޮފް އެޑިއުކޭޝަން (ޖީޕީއީ)ގެ މެމްބަރަކަށް ރާއްޖެ ކޮލިފައިވާނެ ކަމަށެވެ. ޖީޕީއީ އަކީ ކުރިއަރަމުން އަންނަ ގައުމުތަކުގެ ތަރައްގީއަށް ހަރަދުކޮށް އެހީތެރިކަން ފޯރުކޮށްދޭ ހަމައެކަނި ފަންޑް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެގޮތުން ޖީޕީއީ އަކީ މަލްޓި ސްޓޭކްހޯލްޑަރު ޕާޓްނާޝިޕް ފަންޑު ޕްލެޓްފޯމެކެވެ.