ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން ބުރުނީގެ ގިރާ ސަރަހައްދަށް 21،181.80 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖައްސާފައިވާ މި މަޝްރޫއުގެ އަގަކީ 28.87 މިލިއަން ރުފިޔާއެވެ.