ޚަބަރު

ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ

ރިފާ ހަލީލު

ބާރު ސްޕީޑުގައި ސިނަމާލެ ބުރިޖު މަތިން ދިޔަ ކާރެއް ކޮންޓްރޯލު ނުވެ ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ބުރިޖު މަތިން ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައިގެން އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 14:47ގައި ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އަދި އެ ކާރުގައި ދިވެހި ދެ ފިރިހެނުން ތިބި ކަމަށާއި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި އެކްސިޑެންޓުގެ ފޮޓޯ މިހާރު އާންމުވެފައިވާ އިރު، އެކްސިޑެންޓުވި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.