ޚަބަރު

އެމްޑީޕީ ކެމްޕެއިނަށް ރައީސް ނަޝީދު ދުވާފަރަށް

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރ. އަތޮޅު ދުވާފަރަށް ވަޑައިންނަވައިފި އެވެ.

ރައީސް ނަޝީދު ދުވާފަރަށް ވަޑައިންނެވުމުން ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނު އެ ދަތުރުފުޅަކީ އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ދުވާފަރު ދާއިރާއަށް ވާދަކުރާ އިސްމާއީލް އަހުމަދުގެ ކެމްޕެއިންގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ކެމްޕެއިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 2100 ގައެވެ.

އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނު ވަނީ މިއަދު ރ. އަނގޮޅިތީމަށާއި މާކުރަތުގެ އިތުރުން އުނގޫފާރަށްވެސް ވަޑައިންނަވާފައެވެ.