ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފުލުހުންގެ އޮފިސަރުންނާ މިއަދު ބައްދަލުކުރެއްވިއިރު އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމާ ގުޅިގެން ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވީ އެ ބައްދަލުވުމާ ގުޅިގެން މީޑިއާއަށް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.