ޚަބަރު

ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ކޮންޓެއިނަރު ތަކެއްގައި ރޯވެ އަނދަނީ

މުހައްމަދު އިޝާން

އައްޑޫ ސިޓީ، ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، ހުޅުދޫ ބަނދަރު ސަރަހައްދުގެ ވަލު ތެރޭގައި އަލިފާން ރޯވެގެން، ހުޅުމީދޫ ފަޔާސްޓޭޝަނުން މިރޭ 8:03 އެހާކަންހާއިރު ފެށިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާރު އެ އަލިފާންގަނޑު އެތަނާ ކައިރީގައި ހުރި ތާރު ކޮންޓެއިނަރުތަކަކަށްވެސް ފެތުރިފައިވާ ކަމަށެވެ.

ހުޅުދޫ ބަނދަރު ސަރަހައްދުގެ ވަލު ތެރޭގައި އަލިފާން ރޯވެފައިވާ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާން ވަނީ ވަރަށް ބޮޑަށް ހިފައިފައެވެ.