ޚަބަރު

އިންޑިއާ އިން ރާއްޖެއަށް 800 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 800 މިލިއަން ޑޮލަރު (12.4 ބިލިއަން ދިވެހި ރުފިޔާ)ގެ ކްރިޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި އިންޑިއާގެ އެކްޒިމް ބޭންކާއެކު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެކްޒިމް)ގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޗީފް ޖެނެރަލް މެނޭޖަރު ސުދައްތާ މަންޑަލްއެވެ.

މިއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގައި ރާއްޖޭގެ ތަރައްގހީގެ މަޝްރޫއުތަކަށް އިންޑިހާއިިން އެހީވުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭން އެއްބައިްވެފައިވާ އެހީއެކެވެ.

އިންޑިއާގެ އެކްޒިމް ބޭންކު މެދުވެރިކޮށް، ދިނުމަށް ހަމަޖެހިފައިވާ މި ލޯނު އެހީގެ އިންޓްރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

ލޯނު އަނބުރާ ދައްކަން ޖެހެނީ ފަސް އަހަރު ފަހުން 15 އަހަރުގެ މުއްދަތުގައެވެ.