ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިންޑިއާއިން ރާއްޖެއާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއިން ރާއްޖެއާއެކު ތިން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ސުޝްމާ ސުވަރާޖުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ސޮއިކޮށްފައިވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކުގެ ވިސާގެ ކަންތައް ފަސޭހަ ކުރުމާއި އިއާދަކުރަވަނިވި ހަކަތައިގެ މަޝްރޫއުގެ އިތުރުން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ އެއްބަސްވުމެއްގައެވެ.

މީގެ އިތުރުން ފަސް ދާއިރާއަކުން ރާއްޖެއަށް އެހީވުމާ ގުޅޭ ގޮތުންވެސް ދެގައުމުގެ މެދުގައި އިއްޔެ ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ޑިފެންސް، ސިއްހީ ދާއިރާ، ވިޔަފާރި، އިގްތިސޯދު، އަދި ކެޕޭސިޓީ ޑިވެލޮޕްމެންޓް ހިމެނެއެވެ.

ސުޝްމާގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް އިއްޔެ ކުރެއްވި އިރު، ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ވަނީ ކުރައްވާފައެވެ.