އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެކްސިއު (އެފްއާރުއެސް)ގެ ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި 01:52 ހާއިރު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެކެމަޑޭޝަން ބްލޮކް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް.
އެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން އައިޖީއެމްއެޗަށް 13 މީހަކު އަދި ޓްރީޓޮޕް ހޮސްޕިޓަލަށް 60 މީހަކު ފަރުވާއަށް ގެންދެވިފައިވާ ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅޭ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ އަލިފާން ނިއްވާލައި، ސާޗް އޮޕަރޭޝަން ވެސް ނިންމާލާފައިވާ ކަމަށާއި އިތުރު މީހެއް ފެނުނުކަން ނުވަތަ ނުވާކަން އަދި ކަށަވަރު ނުވާ ކަމަށް. އެކަމުގެ އިތުރު މައުލޫމާތު އިރުކޮޅަކުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި. އަދި އެ ހާދިސާގައި މިހާތަނަށް މީހަކު މަރުވިކަން އަދި ކަށަވަރުވެފައެއް ނުވޭ.
އައިޖީއެމްއެޗަށް ގިނަ މީހުން ގެނެސްފައިވަނީ ދުމުގެ އަސަރުކޮށްގެން. އެމީހުން މައުލޫމާތުދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ނިދާފައި އޮއްވައި.
ޓްރީޓޮޕަށް ގެންދިޔަ މީހުންގެ ތެރޭގައި އަތްފައި ބިންދައިގެން ގޮސްފައިވާ މީހުން އަދި އެކިވަރުގެ އަނިޔާ ލިބިފައިވާ މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބޭ. ގިނަ އަދަދެއްގެ ބަޔަކަށް ޓްރީޓޮޕްގައި އަދިވެސް ފަރުވާދެމުން އެބަދޭ.
ހާލު ދެރަ ބައެއް މީހުންނަށް ޓްރީޓޮޕްގައި އެޑިމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބޭ. ޓްރީޓޮޕަށް ގެނައި މީހުންގެ އަދަދު އުޅެނީ 60 އިން މަތީގައި.
ޒަހަމްވި ބައެއް މީހުން "ވަން" އަށް މައުލޫމާތުދޭ ގޮތުގައި އެކޮމޮޑޭޝަން ބްލޮކުގައި 500 އެއްހާ މީހުން ދިރިއުޅޭ. ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބޭނެ ކަމަށްވެސް އެމީހުން އަންދާޒާކުރޭ.
ޓްރީޓޮޕް ހޮސްޕިޓަލަށް އިތުރު ބަޔަކު ގެންނަކަމުގެ މައުލޫމާތު ވަނީ ލިބިފައި. ހާދިސާއާ ގުޅިގެން ޓްރީޓޮޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮފް ޑިއުޓީގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ ޑިއުޓީއަށް ނުކުމެފައި.
ޒަހަމްވި ބައެއް މީހުން މައުލޫމާތުދޭ ގޮތުގައި ދިހަ ވަރަކަށް ސިކުންތުގެ ތެރޭގައި ދެވަނަ ފަންގިފިލާއަށް އަލިފާންގަނޑު ފެތުރުނު. އަދި ތިންވަނަ ފަންގިފިލާގެ އިތުރުން އެހެން ފަންގިފިލާތަކުގައި އުޅޭ މީހުން ވެސް ބޭރަށް ފުންމާލި ކަމަށް މައުލޫމާތުދޭ.
އެ ހާދިސާގައި ޒަހަމްވި ބައެއް މީހުން ވަނީ އައިޖީއެމްއެޗްއަށް ވެސް ގޮންގޮސްފައި، 12 މީހަކަށް ފަރުވާ ދެމުންދޭ. އޭގެ ތެރޭގައި ވެސް ގިނައީ އިންޑިއާގެ މީހުން.
ޒަހަމްވި ބައެއް މީހުން "ވަން" އަށް މައުލޫމާތުދޭ ގޮތުގައި ހާދިސާ ހިނގުމުން ސަލާމަތްވާން މަތީ ފަންގިފިލާތަކުން ބޭރަށް ފުންމާލުމުން ވެސް އަނިޔާތަކެއް ވެފައިވޭ. އަދި ޒަހަމްވި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން.
އެ ހާދިސާގައި ޒަހަމްވި ގިނަ ބަޔަކު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގެ އެމަޖެންސީގައި އަންނަނީ ފަރުވާދެމުން. އޭގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގެ ރައްޔިތުން.
އެމީހުންގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް. އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 30 އަކަށް މީހުންނަށް ފަރުވާދެމުންދޭ.
ކ. ގުޅިފަޅުގައި ހުންނަ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 12:31 އެހާކަންހާއިރު ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެކޮމޮޑޭޝަން ބްލޮކުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.
އެ ހާދިސާގައި ޒަހަމްވި ގިނަ ބަޔަކު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް، އެ ހޮސްޕިޓަލުގެ އެމަޖެންސީގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ.
އެ ހޮސްޕިޓަލުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިން ބުނީ އެމީހުންގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 30 އަކަށް މީހުންނަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ހާދިސާ ހިނގުމުން ސަލާމަތްވާން މަތީ ފަންގިފިލާތަކުން ބޭރަށް ފުންމާލުމުން ވެސް އަނިޔާތަކެއް ވެފައިވާ ކަމަށް އެމީހުންނާ ހަވާލާދީ "ވަން" ގެ ނޫސްވެރިން ބުނެއެވެ.
ޒަހަމްވި މީހުން މައުލޫމާތުދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.
އެ ހާދިސާގައި ޒަހަމްވި ބައެއް މީހުން ވަނީ އައިޖީއެމްއެޗްއަށް ވެސް ގޮންގޮސްފައެވެ. އެ ހޮސްޕިޓަލުގައި 12 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ވެސް ގިނައީ އިންޑިއާގެ މީހުން ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިޔާ މައުލޫމާތުދެއެވެ.
"ވަން" ގެ ނޫސްވެރިން ބުނީ ދިހަ ވަރަކަށް ސިކުންތުގެ ތެރޭގައި ދެވަނަ ފަންގިފިލާއަށް އަލިފާންގަނޑު ފެތުރުނު ކަމަށް އެމީހުން މައުލޫމާތުދޭ ކަމަށާއި އަދި ތިންވަނަ ފަންގިފިލާގެ އިތުރުން އެހެން ފަންގިފިލާތަކުގައި އުޅޭ މީހުން ވެސް ބޭރަށް ފުންމާލި ކަމަށް މައުލޫމާތުދޭ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލަށް އިތުރު ބަޔަކު ގެންނަކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ހާދިސާއާ ގުޅިގެން ޓްރީޓޮޕްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮފް ޑިއުޓީގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވަނީ ޑިއުޓީއަށް ނުކުމެފައެވެ.
ޒަހަމްވި ބައެއް މީހުން "ވަން" އަށް މައުލޫމާތުދޭ ގޮތުގައި އެކޮމޮޑޭޝަން ބްލޮކުގައި 500 އެއްހާ މީހުން ދިރިއުޅެއެވެ. ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބޭނެ ކަމަށްވެސް އެމީހުން އަންދާޒާކުރެއެވެ.