ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަހަރު ނިމޭއިރު މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ ކުންފުންޏަކަށްވެގެންދާނެ: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

މިއަހަރު ނިމޭއިރު މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ ކުންފުންޏަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު އީސާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް މިއަދު ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މަސްވެރިން ބާނާ މަހަަށް ހަމަ އަގު ހޯދައިދިނުމުގެ ވާހަކައަކީވެސް ދެކެވިފައިވާ ވާހަކައެއް ކަމަށެވެ.

އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު މިފްކޯއާއި އެސްޓީއޯ އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި މިފްކޯ އޮތީ އޭގެ ޒާތުގައި ހިނގައި ނުގަނެވޭ ވަރަށް ދަރަނި އިންތިހާއަށް ބޮޑުވެފައި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިފްކޯ ހިންގުމަށް ގެނައި ބަދަލުތަކާއެކު ކުންފުނީގެ ހާލަތު ރަނގަޅުވެ، މަސްވެރިން ބާނާ މަހުގެ ހަމައަގު މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޑީސަލްގެ ޑިއުޓީ ކަނޑައިލައި ދަނޑުވެރިން އެތެރެކުރާ އެތައް ބާވަތެއްގެ ތަކެތިން ޑިއުޓީ މިއަދު ކަނޑާލައިފައިވާކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.