ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ކޮންމެ ދުވަހަކު ކުޅޭ މެޗުތަކުން މޮޅުވާނެ ޓީމާއި މެޗުގެ ސްކޯ ދިމާކޮށްގެން ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ރާއްޖޭގެ ލީޑިން އިންޝުއަރެންސް ކުންފުނި، އެލައިޑުން ފަށައިފިއެވެ.
ޝްވެކް ސިނަމާއާ ގުޅިގެން އެލައިޑުގެ ޓުވިޓާ ހެންޑަލްއާއި އަދި ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މެޗުން މޮޅުވާ ޓީމު ދިމާކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ ދުވަހަކުވެސް ޝްވެކް ސިނަމާއިން ދެ ޓިކެޓް ލިބޭނެއެވެ.
ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު ދެމުން އެލައިޑުގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު ރިޝްފާ އައްބާސް "ވަން" އަށް މިއަދު ވިދާޅުވީ، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދޭ ޓިކެޓު ބޭނުންކޮށްގެން ބަލަން ބޭނުންވާ ފިލްމެއް، އެ ފިލްމުގެ އެވައިލަބިލިޓީއަށް ބަލާފައި އިހުތިޔާރު ކުރެވޭނެ ކަމަށެވެ. އަދި އެ ޓިކެޓުގައި ފިލްމު ބަލަން ދާން މުއްދަތެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
އެލައިޑުން އަންނަނީ އެ ކުންފުނީގެ އިންސްޓަގުރާމް އެކައުންޓުގައިވެސް ޕްރޮމޯޝަނެއް ހިންގަމުންނެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑުން ވޯލްޑް ކަޕަށް ތައްޔާރުކުރި ފިލްޓަރު ބޭނުންކޮށްގެން ވޯލްޑް ކަޕްގެ ފޯރި ނެގުމަށް ކުރާ ކަންކަމުގެ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް އެލައިޑް ޓެގް ކުރުމަށްފަހު އެ މީހެެއްގެ ސްޓޯރީއަށް ލާންޖެހެއެވެ. އެ ވީޑިއޯތައް ނުވަތަ ފޮޓޯތަކުގެ ތެރެއިން ޕްރޮމޯޝަނަށް ކޮލިފައިވާ ވީޑިއޯތަކާއި ފޮޓޯތައް އެލައިޑުން ރީޝެއާ ކުރާނެއެވެ.
އެ ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ވޯލްޑް ކަޕް ނިމުމުން 65 އިންޗީގެ ސްމާޓް ޓީވީއެއް ދިނުމަށް ވަނީ ނިންމައިފައެވެ.