ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ބުރެވިމާގޭ މުހައްމަދު ޒާހިރު (ދިގުޒާހިރު)ގެ ގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 03:00 ފެށިގެން އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ ދިވެހި ދައުލަތަށް 62 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްދެއްވާފައިވާ ޒާހިރުގެ މޫނުދެއްކުން އިސްލާމީ މަރުކަޒުގައި ބޭއްވުމަށް އެ މިނިސްޓްރީން ދެކޮޅު ހެދިކަމަށް ބައެއްފަރާތްތަކުން ދައްކާ ވާހަކަތައް ދޮގު ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޒާހިރުއަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާނަމާދަށްފަހުގެއެވެ. ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައި ޒާހިރު ފަސްދާނު ލުމުގެ ކަންތައް ކުރިއަށްދާ ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
އުމުރުފުޅުން 92 އަހަރުގައި ޒާހިރު އަވަހާރަވިއިރު އޭނާ ވަނީ ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވާފައެވެ.
އާލާސްކަންފުޅަކަށް ފަރުވާދެމުންދަނިކޮށް ޒާހިރު އަވަހާރަވީ މިދިޔަ ހުކުރު ދުވަހުގެރޭ އައިޖީއެމްއެޗްގައެވެ.