ޚަބަރު

ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަންތިބި ތިން ބިދޭސީން ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ކާރެއްގެތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަންތިބި ތިން ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިރޭ 8 ޖަހާކަންހާއިރު މި ތިން މީހުން އަތުލައިގަނެފައި ވަނީ ކާރެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ކާރު ހުއްޓުވައި ބެލި ބެލުމުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތުން އެ ކާރު ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހުންނެވެ.

އެއީ 21 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

ފުލުހުން މިހާރު އަންނަނީ މިކަން ތަހުގީގު ކުރަމުންނެވެ.