ޚަބަރު

ސްނޯކްލިންގ އަށްގޮސް އުޅުން ފަތުރުވެރިއަކު ޑިންގީއެއްގައި ޖެހި ޒަހަމް ވެއްޖެ

މަރިޔަމް ޝަހުދާ

ސްނޯކްލިންގ އަށްގޮސް އުޅުން ފަތުރުވެރިއަކު ޑިންގީއެއްގައި ޖެހުމުގެ ސަބަބުން ޒަހަމް ވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ޑިންގީ އިން ޖެހި އަނިޔާ ވެފައި ވަނީ ބ.ދަރަވަންދޫ ގެސްޓް ހައުސް އަކަށް އައިސް އުޅޭ ޖަރުމަނަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނަކަށެވެ. އަދި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނި މިއަދު 12:15 ހާއިރުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިހާރު އެ ފަތުރުވެރިޔާއަށް ދަރަވަންދޫ ހެލްތް ސެންޓަރުން ފަރުވާ ދެމުން އަންނަ އިރު އެމީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.