މަދަނީ ޖަމިއްޔާތަކުގެ ފެއަރ "ހަވަލި" ފަށައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައި ހިމެނޭ ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ މަސައްކަތާއި މައުލޫމާތު އެއްތަނަކުން ލިބޭނެ މަގު ފަހިކުރުކުގެ މަގުސަދުގައި ފެށި "ހަވަލި" ފެއަރ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.
ވ.އަތޮޅު ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން 100 އަށްވުރެން ގިނަ މަދަނީ ޖަމިއްޔާތަކުން މިފެއަރ ގައި ބައިވެރިވެފައިވާއިރު މި ފެއަރ އިން އެކި ދާއިރާތަކުގެ ތަފާތު މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.
"ހަވަލި" ފެއަރ ގައި ކުޑަކުދިންނަށް ހާއްސަކުރެވިގެން ތައްޔާރު ކުރެވިފައިވާ ކިޑްސް ކޯނާއެއް ހުރެއެވެ.
މިމަހުގެ 16 އިން 18 އަށް ދަރުބާރުގޭގައި ކުރިޔަށްދާ "ހަވަލި" ފެއަރ ހުޅުވިފައި ހުންނަނީ މެންދުރު ފަހު 13:00އިން އިރުއޮއްސި 18:00އަށެވެ. އަދި ރޭގަނޑު 20:00ން 22:30 އަށެވެ.