މުހައްމަދު އައުޒަމް
މުހައްމަދު ޒާހިރަކީ ތެދުވެރިކަމާ ވަފާތެރިކަމާއެކު ހިދުމަތްކުރެއްވި ނަމޫނާ ޝަހުސިއްޔަތެއް ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހ.ބުރެވިމާގެ މުހައްމަދު ޒާހިރު ( ދިގު ޒާހިރު ) ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމުން ނެރުއްވި ތައުޒިޔާގެ މެސެޖްގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ މުހައްމަދު ޒާހިރު ނިޔާވި ހާދިސާ އެހީ ވަރަށް ފުން ހިތާމައާއި އެކުގައިކަމަށެވެ.
ރައީސްގެ ތައުޒިޔާ މެސެޖުގައި މުހައްމަދު ޒާހިރަކީ ދިވެހި ދައުލަތަށް 63 އަހަރަށް ވުރެން ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރިކަމާއެކު އެވަގުތު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ބޭފުޅެއްގެ އަރިހުގައި ތެދުވެރިކަމާ ވަފާތެރިކަމާއެކު ހިދުމަތް ކުރެއްވި ނަމޫނާ ޝަހުސިއްޔަތެއްކަމަށް ފާހަގަ ކުރައްވާފަ ވެއެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި އެމަނިކުފާނުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ދިވެހި ސަރުކާރުގެ ނަމުގަ އާއި ރައީސް ސޯލިހްގެ އަމިއްލަ ނަމުގައި އިހުލާސްތެރިކަމާއެކު ތައުޒިޔާ ވަނީ ދަންނަަވާފައެވެ.
މުހައްމަދު ޒާހިރުގެ ކަށުނަމާދު އޮންނާނީ 17 މާޗް 2019 (މަދަމާ) އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުން އޮންނާނީ މާދަމާ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.