ދަގަނޑު ފިލައެއް ވެއްޓި މީހެއްގެ ފައިގެ އިނގިލިތައް ބުރިވެއްޖެއެވެ.
ތ. ދިޔަމިގިލި ބޯޓު ޔާޑެއްގައި ފޯކްލިފްޓު ބޭނުންކޮށްގެން ތިރިކުރަމުން ދިޔަ ދަގަނޑުފިލައެއް ވެއްޓި އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއްގެ ކަނާތު ފައިގެ ބައެއް އިނގިލިތައް ބުރިވެފައިވާ ކަމަށް މައުލޫމަތު ލިބެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 9:15 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ 36 އަހަރުގެ ފރިހެނެއް ކަމަށާއި އަނިޔާވި މީހާ ތ. އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.