އައްޑޫ ސިޓީ މީދޫ ނެރުމައްޗަށް ބޯޓެއް އަރައިފިއެވެ.
ގިނަ އަދަދެއްގެ މުދަލާއެކެ އައްޑޫ ސިޓީ މީދޫ ނެރުމައްޗަށް އަރާފައިވާ "އަލްމާ" ބޯޓު ފުން ކުރުމުގެ މަސައްކަތް ކޯސްޓްގާޑުންނައި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފްއަށް މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 03:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
"އަލްމާ' ބޯޓުގެ ބަނޑު ފިލާއިން ތިން ފޫޓު ވަރު ފަޅައިގެން ގޮސްފައިވުމުގެ ސަބަބުން ބޯޓު ދިޔަވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުން އަންނަ އިރު، ބޯޓުގައި ހުރި މުދާ ހުސްކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ބޯޓުގެ ދިޔަ ހުސްކުރުމަށް ޕަމްޕު ބޭނުން ކޮށްގެން މަސައްކަތްކުރަމުން އަންނަ އިރު، މިމަސައްކަތުގައި ކޯސްޓްގާޑަށް އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.