ސަރުކާރު ވަޒީފާއަށް ދިޔަ ޖުމްހުރީ ޕާޓީގެ ކެނޑިޑޭޓުން އަބަދު ބަދުނާމު ނުކުރެއްވުމަށް އެ ޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ ކައުންސިލްގެ އޮފިޝަން ގްރޫޕުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުންނެވެ.
އެ މެސެޖުގައި ގާސިމް ވިދާޅުވީ ޖޭޕީގެ މީހާއަށް އެއީ ވަޒީފާއެއްގައި ހުރި މީހަކަށްވެސް އެ މަގާމު ލިބިފައިވަނީ ޖޭޕީއާ ހުރެ ކަމުން އެކަމާ އަމާނާތްތެރިވުމަކީ ޖޭޕީއަށް ހިދުމަތް ކޮށްދިނުން ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ހައްގު މިންވަރު ހޯދީ ބުރަ މަސައްކަތްތައް ކުރައްވައިގެން ކަމަށާއި ޖޭޕީއިން ދިން ފުރުސަތާއި ކުރި އިތުބާރު ހަނދާން ނެތިގެން ނުދާ ކަމަށެވެ.
"ހަމައެގޮތަށް، އަނިޔާވެރިން ކުރި އަނިޔާވެސް ހަނދާނެއް ނުނެތޭ. ހެޔޮ ދުއާ،" އަލީ ވަހީދުގެ މެސެޖުގައި ވިދާޅުވިއެވެ.