ޚަބަރު

އަލީ ވަހީދަށް ގާސިމްގެ ނުސީދާ ބަހުގެ ހަމަލާތަކެއް

އަހުމަދު ޖައިޝަން

1

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް އެ ޕާޓީގެ ލީޑަރު އަދި މަޖިލިސް ރައީސް ގާސިމް އިބްރާހީމްގެ ފަރާތުން ނުސީދާ ބަހުގެ ހަމަލާތަކެއް ރައްދުވެއްޖެ އެވެ.

ގާސިމްގެ ފަރާތުން އަލީ ވަހީދަށް ބަހުގެ ނުސީދާ ހަމަލާތަކެއް ރައްދުވެފައިވަނީ ހުޅުމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒުގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި އިހުލާސްތެރި މަސައްކަތް ގަބޫލުނުކުރާނަމަ ޖުމްހޫރީ ޕާޓީގައި ހުންނަން ބޭނުން ނުވާ ކަމަށެވެ.

އަދި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ޖޭޕީން ތާއީދުކުރުމަށް ނިންމުމުން އެކަމާ ހިތްހަމަޖެހިނުލައްވާ ކަމަށް އަލީ ވަހީދު ވަނީ މީގެކުރީން އިޝާރާތްކުރައްވާފައެވެ.

އަލީ ވަހީދު މިހެން ވިދާޅުވިއިރު ޖޭޕީ ކައުންސިލު ގްރޫޕުގައި އެ ޕާޓީގެ ލީޑަރު ވިދާޅުވެފައިވަނީ ޖޭޕީން ވަކިވެ ވަޑައިންނަވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ވަޒީފާއިން އިސްތިއުފާ ދެއްވުން ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ ތާއީދު ޖޭޕީއިން މަޖިލީހަށް ކުރިމަތިލާފައިވާ ހުރިހާ ބޭފުޅުންވެސް ދެއްވާ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ގަދައަޅާ މަސައްކަތް ކޮށްދެއްވުމަށް ވަރަށްބޮޑަށް އެދި ދަންނަވަން،" އެ ގްރޫޕުގައި ވިދާޅުވެފައިވެއެވެ.

އެ ގްރޫޕުގައި އިތުރަށް ވިދާޅުވީ ޖޭޕީގެ މީހާއަށް އެއީ ވަޒީފާއެއްގައި ހުރި މީހަކަށްވެސް އެ މަގާމު ލިބިފައިވަނީ ޖޭޕީއާހުރެ ކަމުން އެކަމާ އަމާނާތްތެރިވުމަކީ ޖޭޕީއަށް ހިދުމަތް ކޮށްދިނުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟