ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފަންވެވަޑައިގެން ރަށް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕެއިން ލޯންޗުކުރެއްވުމަށް ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންނެވި އިރު އެރަށުން، އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ކެމްޕެއިން ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތު އެޖެންޑާ ކޮށްފައިވަަނީ މިރެއަށެވެ.
ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން އެމަނިކުފާނު އުފަންވެވަޑައިގަތް ރަށަށް ވަޑައިގެން މިއީ ދެވަނަ ފަހަރެވެ.
ހިންނަވަރަށްފަހު ޅ. އަތޮޅުގެ ނައިފަރަށާއި ކުރެންދުއަށް ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ކެމްޕެއިން އިވެންޓް އިންތިޒާމްކުރާ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ރައީސް ސޯލިހު ޅ. އަތޮޅުގެ ދަތުރުފުޅަށް ފަހު ކެމްޕެއިނަށް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅަށެވެ.