ޚަބަރު

ދެމީހުންނާއެކު ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައިފި

އަހުމަދު ޖައިޝަން

ތ. ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގައި ދެ މީހުންނާއެކު ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައިފި އެވެ.

ފުލުހުން ބުނީ ދެމީހުންނާއެކު ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:45 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ވޭނުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެހެންނަމަވެސް އެ ވޭނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.