ޚަބަރު

ސީ ބެޑެއްގައި އޮޔާދިޔަ ޒުވާނަކު ސަލާމަތްކޮށްފި

އަހުމަދު ޖައިޝަން

ސީ ބެޑެއްގައި އޮޔާ ދިޔަ އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އޮޔާ ގޮސްފައިވަނީ ތ. ގުރައިދޫ ޒުވާނެއް ކަމަށެވެ.

އޭނާ އޮޔާ ގޮސްފައިވަނީ ގުރައިދޫ ރަށު ފަންނާ ދިމާލުން ބޭރަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަންހެނަކު ކަނޑުމަތީން އޮޔާ ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއެކު ގޮސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދީ ސަލާމަތްކޮށްދީފައިވާ ކަމަށެވެ.