ޚަބަރު

ކުޅުދުއްފުށީ "ސީ ކުއީން" ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށީ "ސީ ކުއީން" ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:28 ހާއިރު ކަމަށެވެ.

ސީ ކުއީން ބޯޓުގައި ރޯވި އަލިފާންގަނޑު މިއަދު މެންދުރު 1:16 ހާއިރު ނިއްވާލާފައިވާ ކަމަށާއި އިންޖީނު ރޫމުން ދުން އަރާތީ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ސިފައިން ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.