ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ޓެކްސް ބިލްގެ ވިޕް ލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުންނަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އެ ބިލު ފާސް ކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.
މި ބިލު ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން ބޭނުންވަނީ 41 ވޯޓެވެ.
ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި 26 މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ވިޕްލައިނާ ހިލާފްވި މެމްބަރުންނަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.