ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އަލްހާން ފަހުމީގެ ފަރާތުން އޯޕަން މައިކް ޑިނަރ ނައިޓެއް ބާއްވައިފި އެވެ.
އަލްހާންގެ ފަރާތުން އެ އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ސީހައުސް ކެފޭގައެވެ.
އެ އިވެންޓަކީ އަލްހާން ވާދަކުރައްވާ ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާއި އެ ދާއިރާގެ ދަފްތަރުގައި ހިމެނޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އިވެންޓެކެވެ.
އެގޮތުން އެ ފަރާތްތަކާ ގާތުން ބައްދަލުކުރައްވާފައިވާއިރު އެ އިވެންޓުގައި ވަނީ ގިނަ ދާއިރާތަކާ ގުޅޭގޮތުން އަލްހާނާ ވަނީ ސުވާލުކުރައްވާފައެވެ.
އަލްހާންގެ ކެމްޕެއިން ވަނީ މިދިޔަ ހުކުރު ދުވަހު ލޯންޗުކޮށްފައެވެ.
ކެމްޕެއިން ލޯންޗުކުރުގެ ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.