ޚަބަރު

ކަސްޓަމްސްއިން އަމިއްލަ ކުންފުންޏަކަށް 22.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

އަހުމަދު ޖައިޝަން

1

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން 22.7 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ 2017 ވަނަ އަހަރުގައި ޑިއުޓީ ރޭޓަށް ގެނައި ބަދަލާ ގުޅިގެން ދިމާވި މައްސަލައިގައި 22.7 މިލިއަން ރުފިޔާ ސީޖީޓީ ޕްރައިވެޓަށް ދިނުމަށް ހުކުމްކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހުގައި ކަމަށެވެ.

އެ މައްސަލަ ހިނގައި ދިޔަ ގޮތުގެ ތަފްސީލު ވަނީ ކަސްޓަމްސްއިން ހާމަކޮށްފައެވެ.

ސީޖީޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 2017 ވަނަ އަހަރު ބޮންޑެޑްވެއަހައުސް އަށް ކޮންސައިލްކޮށް، އެ އަހަރުގެ މާޗު ފުރަތަމަ ދުވަހު ރާއްޖެއަށް ގެނައި ހަ ސިނގިރޭޓު ކޮންޓެއިނާ، ބޮންޑެޑްވެއަހައުސް އިން ނެރެ ދާއިމީ އިމްޕޯޓެއްގެ ގޮތުގައި ވަނީ ކްލިއަރކޮށްފައެވެ.

ނަމަވެސް އެމަހުގެ ދެވަނަ ދުވަހު ވަނީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައެވެ.

ކަސްޓަމްސްއާ ދެކޮޅަށް ސީޖީޓީން ދައުވާކޮށްފައިވަނީ އެ ބަދަލުގެ ސަބަބުން އިތުރަށް ދެއްކި ޑިއުޓީއަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް ބުނެއެވެ.

އަދި ސިވިލް ކޯޓުގައި ކަސްޓަމްސްއާ ދެކޮޅަށް އެކުންފުނީން ކުރި ދައުވާގައި ކަމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ޑައިރެކްޓިވް 08/2017ގެ (1) ވަނަ ނުކުތާއަށް ރިއާޔަތް ވަނީ ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟