އދ. މަހިބަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފި އެވެ.
ފުލުހުން ބުނީ މަހިބަދޫ ގެއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު މިރޭ 1921 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ ތެރޭގައި ހުރި ފައިބަރ މެޓެއް ކަހަލަ އެއްޗެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުންނާއި ރަށުގެ ރައްޔިތުން ވެގެން މިރޭގެ 1940 ހާއިރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށް ފުލުހުން ވަނީ ބުނެއެވެ.