މާލޭގެ މަގުމަތީގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 1840 ހާއިރު ތާޖުއްދީން ސްކޫލު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.
އެ ސައިކަލުގައި އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާއިރު އެ ހާދިސާގައި އިތުރު މީހަކަށްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.