ހއ.މާފިނޮޅުގައި ތަރައްގީ ކުރުމަށް ނިންމި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ނިންމައި އެ އެއާޕޯޓު ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމައިފިއެވެ.
މާފަރުގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީ އިން މި އަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ރީތިކޮށް އޮންނަ ފަޅު ރަށްރަށުގައި ސަރުކާރުން އެއާޕޯޓު އެޅުންފަދަ މަޝްރޫއުތައް ހިންގުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.
އަދި ސަރުކާރުގެ ވިސްނުން ހުރީ "އަލަށް ހުރި ރީތި ރަށްތައް ހަލާކު ނުކުރަން" ކަމަށް ވާއިރު މާފިނޮޅުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް އެމްޓީސީސީ އިން ބުުންޏެވެ.
2018ވަނަ އަހަރު މާފިނޮޅު އެއާޕޯޓުގެ މަޝްރޫއަށް އެރަށް ހިއްކުމުގު މަސައްކަތް ފެށިނަމަވެސް އެމްޓީސީއިން ހާމަކުރި ގޮތުގައި އެ ރަށުގައި އެއްވެސް ވަރަކަށް ބިން ހިއްކާފައެއް ނުވެއެވެ.
އަދި ހޯރަފުށީގައި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ އެރަށަކީ މިހާރުވެސް ބިން އޮތް ރަށަކަށް ވުމުން، އެރަށް ހިއްކައި، ބޮޑު ކޮށްގެން އެތާނގައި އެއާޕޯޓު އެޅޭނެތީކަމަށްވެސް އެމްޓީސީސީން ބުންޏެވެ.