ޚަބަރު

ހައުސިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

މަރިޔަމް ޝަހުދާ

މިނިސްޓަރީ އޮފް ހައުސިންގ އެންޑް އާބަން ޑިވަލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން ހައުސިންގް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މޫސާ ޒަމީރު ހަސަން އެވެ.

އެމްޑީޕީގެ ކުރީގަ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލްގެ މަގާމު އަދާކުރެއްވި ޒަމީރު ހައުސިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި ހަވާލުވެފައި ވަނީ މިއަދު އެވެ.

ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް އިން އެންވަޔަރަމަންޓް ސައިންސް ގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ޒަމީރު ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ އިން އާބަން އެންޑް ރީޖަނަލް ޓްރެއިނިންގ އިން މާސްޓާ ޑިގްރީ ހާސިލް ކުރައްވައިފައެވެ.