މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކަށް އަނިޔާ ވެއްޖެއެވެ.
ވަން އޮންލައިނަށް މައުލޫމާތު ލިބުނު ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އޮލިމްޕަސް ސަރަހައްދުގައި މަޖީދީމަގުގައެވެ.
މަންޒަރު ދުއް ފަރާތަކުން ހިއްސާ ކުރިގޮތުގައި އިމާރާތުން ވެއްޓުނު ގާ ޖެހުނީ މަޖީދީމަގުން ސައިކަލުގައި ދިޔަ މީހެއްގެ ގައިގައެވެ.
ބޭރުފުށުން ބަލާއިރު ގަލުން ޖެހި ހަން މަށައިގެން ގޮސްފައި ހުރި ނަމަވެސް އެމީހާއަށް ފަރުވާދިނުމަށް އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސްވައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާގުޅިގެން ވަން އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ފަދަ ހާދިސާއެއް މިއަދު 11:30 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިކަން ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.