މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލުގެނެސްފިއެވެ.
އެމިނިސްޓްރީން ވަނީ ނިސާބަށް ގެނައި ބަދަލާ ބެހޭ މައުލޫމާތު އިއުލާންކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިދިޔަ މަހުގެ 1 ވަނަދުވަހުން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަކީ 4676.70 ރުފިޔާކަމަށެވެ.
މިއީ މީގެ ކުރިން ކަނޑައަޅާފައިވާ މިންވަރަށްވުރެ 644.5 ރުފިޔާގެ އިތުރު ވުމެކެވެ. މީގެ ކުރިން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 4301.85 ރުފިޔާއެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް މިނިސްޓްރީން ބަދަލު ގެންނަމުން ދާއިރު، އެ މިނިސްޓްރީން ބުނީ ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހިންކަމަށެވެ.
ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.