ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: ނަހުލާ

5

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭގައި މިރޭ ބޭއްވި އިވެންޓެއްގައި "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައެވެ. މިނިސްޓަރު މިހެން ވިދާޅުވިކަން ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާސަނަލް އެސިސްޓަންޓް ވެސް ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ނަހުލާ ވިދާޅުވީ އެކަމަނާ ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދިފާއުކުރުމުގައި ކަމަށާއި ރައީސް ޔާމީނަށް މައާފު ނުކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވެފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކަށް ނުކުންނަ ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްއާއި ޕީއެންސީގެ ތާއީދު ލިބޭނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟