ފަގީރުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން ޒަކާތު ފަންޑުން 150,000 ރުފިޔާ ދެވޭ ގޮތަށް ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފިއެވެ.
ޒަކާތު ނަފާ ޕްރޮގްރާމަކީ ޒަކާތު ފަންޑު މެދުވެރިކޮށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މާލީ އެހީތެރިކަން ދޭން އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު 28 ފެބްރުއަރީ 2022 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ކަނޑައެޅޭ ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ދަށުން, ފިޔަވަހިތަކަކަށް ބަހާލައިގެން, ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށް އެ މީހުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަކެއްޗާއި ތަމްރީން ދޭނެއެވެ.
ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލުގައި ބުނެފައިވާ ގޮތުން, މި އެހީ ދޭނީ މައިގަނޑު ހަ ދާއިރާއަކުންނެވެ. އެއީ:
ނަމަވެސް މި ދާއިރާތަކުގެ އިތުރަށް, ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅޭނެއެވެ. ނަމަވެސް އެކަން ކަނޑައަޅާނީ މި ޕްރޮގްރާމަށް އެކުލަވާލައި ސްޓިއަރިން ކޮމިޓީންނެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން, ޒަކާތު ނަފާ ޕްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ހަރަދު ކުރެވޭނީ އާއިލާއަކަށް ގިނަވެގެން 150,000 ރުފިޔާއެވެ. ނަމަވެސް އެ އަދަދަށްވުރެ އިތުރުން, އެސްއެމްއީ ފަންޑު މެދުވެރިކޮށް އަނބުރާ ދައްކާ ގޮތަށް, އިންޓްރެސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި މިންވަރެއްގެ އެހީއެއް ހަމަޖައްސައި ދެވިދާނެ ކަމަށް ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން, މި ޕްރޮގްރާމް ރާވައި މެނޭޖުކޮށް ތަންފީޒުކުރުމުގައި އިސްދައުރު އަދާކުރާ އިމްޕްލިމެންޓްރީ އޭޖެންސީއަކީ އިސްލާމިކް މިނިސްޓްރީއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން, މި ޕްރޮގްރާމް ހިންގުމަށް ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމިޓީއެއް އުފައްދަންޖެހެއެވެ. އެ ކޮމިޓީގެ ދައުރަކީ ތިން އަހަރު ކަމަށްވެސް ބުނެފައިވެއެވެ. އެ ކޮމިޓީގައި ތިބޭނީ:
ސްޓިއަރިން ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރާނީ، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާއާ އެކު އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް ބުންޏެވެ.