ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރުގެ އަނބިކަނބަލުން މޫމިނާ އިބްރާހިމް އަވަހާރަވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމްއެޗްގައެވެ.
އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްތަކަކަށް ފަހު މޫމިނާގެ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މޫމިނާ އިބްރާހިމްގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.