ބޭންކް އޮފް ސިލޯން ކައިރިން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ފަޔަށް ޓެކްސީއެއް އަރައި، އޭނާގެ އިނގިލީގެ ބައެއް ވަކިވެއްޖެއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މިއަދު މެންދުރުފަހު 3:40 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ 48 އަހަރުގެ ފިރިހެނަކަށެވެ.
ފުލުހުން ބުނީ މިއަދު ސިލޯން ބޭންކް ކައިރިން މަގު ހުރަސްކުރަން އުޅުނު ފިރިހެނެއްގެ ކަނާތު ބޮޑުވައި އިނގިއްޔަށް ޕާކް ކުރަން އުޅުނު ޓެކްސީއެއްގެ ފުރޮޅު އަރައި، އޭނާގެ އިނގިލީގެ ބައެއް ވަކިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި ޓެކްސީ ދުއްވި މީހާއަކީ ލައިސެންސް އޮންނަ އަދި ޓެކްސީގެ ކުރުމުގެ ހުއްދަ އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.