ޚަބަރު

ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ޕްރިމިއާ ޗެމްބާސްއާ ހަވާލުކޮށްފި

ރާއްޖޭގައި އަލަށް ހެދިގެންދާ ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ޕްރިމިއާ ޗެމްބާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ޕްރިމިއާ ޗެމްބާސްއާ ހަވާލުކުރުމުގެ ގޮތުން އެ ފަރާތާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދެވެ. އަދި ޕްރިމިއާ ޗެމްބާސްގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެސޯސިއޭޓް ޑރ. މުހައްމަދު އިބްރާހީމެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެ ގާނޫނު ޑްރާފްޓް ކުރެވިގެންދާނީ އެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އާންމު ރައްޔިތުންގެ ޕަބްލިކް ކޮންސަލްޓޭޝަނާ ވެސް އެކުގައެވެ.