އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް، ރާއްޖޭގެ "އޮކިއުޕައި ސައި ހޮޓާ" މޫވްމެންޓްގެ އިސްކޮށް ހަރަކާތްތެރިވާ އަންހެންނާ ބައްދަލުކުރައްވައިފި އެވެ.
އޮކިއުޕައި ސައިހޮޓާ މޫވްމެންޓް އަކީ އާންމުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ފިރިހެނުންނާ އެއްވަރަކަށް އަންހެނުންނަށް ވެސް ދިޔުމަށް، ނުވަތަ ބައިވެރިވުމަށް ބާރުއަޅާ މޫވްމެންޓެކެވެ.
އެގޮތުން ސައިހޮޓާ ފަދަ ތަންތަނަކީ އާންމުކޮށް ފިރިހެނުން ގޮސްއުޅޭ ތަންތަނަށް ވާއިރު، އެއީ އެންމެނަށްވެސް ހަމަ އާންމު ތަނަކަށް ހަދައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް އެއީ ހަމަހަމަ ހިދުމަތް ލިބޭ ތަނަކަށް ހެދުމަށް އެ މޫވްމެންޓުން މަސައްކަތްކުރާނެއެވެ.
އެ މޫވްމެންޓުގައި އިސްކޮށް އުޅޭ ފަރާތްތަކާ، އެމެރިކާގެ ސަފީރު ބައްދަލުކުރައްވާފައިވަނީ މާލޭގެ ސައިހޮޓަލަކުންނެވެ. އަދި އެ ފަރާތްތަކާއެކު ސަފީރު ވަނީ ސައި ބައްލަވާފައެވެ.
ސަފީރު ޓެޕްލިޓްޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮކިއުޕައި ސައިހޮޓާ މޫވްމެންޓާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވާހަކަދައްކާފައިވާ ކަމަށެވެ.