ޚަބަރު

ލ އަތޮޅު ލިންކް ރޯޑުގައި ހިނގި އެކްސިޑެއްޓެއްގައި މީހަކަށް އަނިޔާ ވެއްޖެ

ލ އަތޮޅު ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެއްޓެއްގައި މީހަކަށް އަނިޔާ ވެއްޖެއެވެ.

މިއަދު ހެނދުނު 9:49 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ 49 އަހަރުގެ ފިރިހެނަކަށެވެ. މިކަމާ ބެހޭ މައުލޫތަު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާ ދުއްވާފައިދިޔަ ސައިކަލުގައި ފަހަތުން އައި ކާރެއް ޖެހުމުގެ ސަބަބުންނެވެ.

ފުލުހުން ބުނީ އެ ކާރު ދުއްވަން އިން 65 އަހަރުގެ އެ ފިރިހެންމީހާގެ އަތުގައި ލައިސަންސްއޮތް ކަމަށެވެ. މީގެ އިތުރުން ސައިކަލް ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސަންސް އޮތްކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އޭނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދިއެވެ.