ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތަށް

އަލީ ޔާމިން

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ދަތުރުފުޅުގައި ރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން ވަރުގަދަކުރުމަށް އެގައުމުގެ އާ ސަރުކާރާއެކުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އޮކްސްފޯޑް ޔުނިއަން ސޮސައިޓީގައި "މަލްޓިލެޓަރިޒަމް"އާ ގުޅޭ ގޮތުން ތަގުރީރުކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އެގައުމުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ އާއި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އިނގިރޭސިވިލާތަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.