ޚަބަރު

ޗޮކްލެޓާއި ރަލާއި ސިނގިރޭޓުން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާނެ: ނަޝީދު

އިބްރާހިމް ޒަކީ

އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް ކަމަށާއި، ދެން އެންމެގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި ރަލާ ސިނގިރޭޓް ކަމަށް ވިދާޅުވެ، އެ ތަކެތިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ އއ. ތޮއްްޑޫގައި ރޭ ބޭއްވި އެމްޑީޕީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް، ދެން އެންމެގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރޭޓް، އަޅުގަނޑުމެންނަށް އިނގޭ މި އެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން މުއްސަނދިވާކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ގެސްޓް ހައުސްފގެ ވިޔަފާރިއަކީ ދިވެހި ރާއްޖޭގައި މާ ރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް ކަމަށާއި، އެ ވިޔަފާރީން ފައިދާ ނެގޭނެކަން އެއީ އެނގެންއޮތް ހަގީގަތެއް ކަމަށެވެ.

"ކިރިޔާވެސް މި މައްސަލައާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާލައިފިނަމަ އަބަދުވެސް އަޅުގަނޑު މެންނަށް އެނގޭ ހަގީގަތެއް. މިއަދު އެމްޑީޕީއަށް އުފާވެރިކަން ލިބޭ އެއްސަބަބަކީ އިތުރު ބައެއްނޫން، ވޯލްޑް ބޭންކުގެ ދުނިޔޭގެ ބޭންކުގެ، އެބޭންކު ތަރައްގީގެ މިސާލެއްގެ ގޮތުގައި ދައްކާ އެއްރަށަކީ މާފުށި،" ރައީސް ނަޝީދު ވިދާޅުވި އެވެ.