ޚަބަރު

ރާއްޖެއަށް ކަނޑައަޅާފައިވާ ބްރިޓިޝް ސަފީރު އެމްއެންޑީއެފާ ބައްދަލުކޮށްފި

އަހުމަދު ޖައިޝަން

ރާއްޖެއަށް ކަނޑައަޅާފައިވާ ބްރިޓިޝް ސަފީރު ޖޭމްސް ޑޯރިސް، އެމްއެންޑީއެފްގެ ސަދަން އޭރިއާގެ އޮފިސަރުންނާ ބައްދަލުކުރައްވައިފިއެވެ.

ޖޭމްސް އެމްއެންޑީއެފާ ބައްދަލުކޮށްފައިވަނީ އައްޑޫ ސިޓީ ގަމުގައެވެ. އެ ބޭފުޅުންނާއެކު ޖޭމްސް ވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދަށް ޒިޔާރާތްކުރައްވައިފައެވެ.

އެމްއެންޑީއެފް އޮފިސަރުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ގިނަ ކަންތައްތަކާ ވަނީ މަޝްވަރާކޮށް ވާހަކަދައްކައިފައެވެ.

އެގޮތުން ޖޭމްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ބޮޑު ބައެއް ބަލަހައްޓަން ޖެހުމުން އެކަމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށެވެ.