މާލޭގެ މާފަންނުގައި ހަދަމުންދާ ގެއެއްގެ ތިންވަނަ ބުރިން ބިއްލޫރި އާއި އެލުމިނިއަމް ކުޑަދޮރެއް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ އެ ބިއްލޫރި ކުޑަދޮރު ވެއްޓިފައިވަނީ މާފަންނުގައި އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑުން ހަދަމުންދާ އިމާރާތަކުން ކަމަށެވެ.
އެ ކުޑަދޮރު ވެއްޓިފައިވަނީ އިމާރާތުގެ ތިންވަނަ ބުރީގައި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
އެ ހާދިސާ ހިންގާފައިވަނީ މިރޭ 19:14 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ،