މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 ފަރާތަކަށް ދީފިއެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިއުކޭޝަން (އެމްސީއެސްއީ)ގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑު ހާސިލު ކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ޒުވާނުންގެ އެވޯޑު ހާސިލުކުރި ފަރާތްތައް:
- ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ: މުހައްމަދު ޖައިލަމް
- ފަންނުވެރިކަމުގެ ދާއިރާ: އަބްދުﷲ ޝަފީއު
- ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމް
- ދަރުމަވެރިކަމުގެ ދާއިރާ: ފިރާޝާ މުހައްމަދު
- ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
- ޒުވާނުން ބާރުވެރި ކުރުމުގެ ދާއިރާ: އަބްދުﷲ ޝަހުނީޒް
- ދިވެހި ބަހާއި ސަގާފަތަށް ހިދުމަތް ކުރުމުގެ ދާއިރާ: އަލީ އަމީރު
- މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
- ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
23 އޮކްޓޫބަރު 2022، މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރެއްވުމަށް މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިއުކޭޝަން (އެމްސީއެސްއީ)ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒުވާނުންގެ އެވޯޑު ހާސިލް ކުރެއްވި ފަރާތަކަށް އެވޯޑު ދެއްވަނީ ---- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ދޭ އެވޯޑެކެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.
ސަރުކާރުން ޒުވާނުންގެ ދުވަހެއް ކަނޑައަޅައި، ރަސްމީކޮށް އެދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރުއެވެ.