ޚަބަރު

ސަރުކާރަށް ނިސްބަތްވާ މީހުންނަށް 100 އަށްވުރެ ގިނަ ގޯއްޗާއި ފްލެޓް ވަނީ ދީ ނިންމާފައި: މެންބަރު ޝިނާން

1

ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަށް 100 އަށްވުރެ ގިނަ ގޯތި ދީ ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހައުސިން މިނިސްޓްރީން މިހާރު ނުއަގުގައި ވިއްކަން އުޅޭ ގޯތި ތަކުގެ މައްސަލައާ ގުޅުވައިގެން ކުރައްވައިފައިވާ ޓްވީޓެއްގަ އެވެ.

"ސަރުކާރުގެ އިސް ވެރީންނާއި އެކްޓިވިސްޓުންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 100 އަށް ވުރެ ގިނަ ގޯއްޗާއި ފްލެޓް ވަނީ އުސޫލުން ބޭރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިންތިޚާބުގެ މާކުރީން ދޫކޮށް ނިންމާފައި." ޝިނާން ވިދާޅުވެފައިވެ އެވެ.

ޝިނާން އިތުރަށް ވިދާޅުވީ ފްލެޓާއި ގޯތި ހައުސިން މިނިސްޓްރީން ނާއިންސާފުން މިހާރު މި ބަހައިލަނީ އެޖަރީމާ ފޮރުވަން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟