ޚަބަރު

ތިމަރަފުށީގައި ވޭނަކުން ޖެހި އަންހެނަކު ޒަހަމްވެ މާލެ ގެންނަން މަސައްކަތް ކުރަނީ

މަރިޔަމް ޝަހުދާ

1

ތ.ތިމަރަފުށީގައި ވޭނަކުން ޖެހި އަންހެނަކު ޒަހަމްވުމުގެ ސަބަބުން އިތުރު ފަރުވާއަށް އެއަންހެންމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު އެވެ. ތިމަރަފުށީގެ ހިއްކާފައިވާ ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުގައި ހިނގި މި ހާދިސާގައި ވޭނުން އަންހެން މީހާގައިގަ ޖެހިފައިވަނީ އެ އަންހެން މީހާ ހިނގާފައި ދަނިކޮށެވެ.

މި ހާދިސާގައި އަނިޔާވި 52 އަހަރުގެ އަންހެންމީހާގެ ބޮލުގެ ތިންތަނުން ފަޅައިގެންދިއުމުގެ އިތުރަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އަންހެންމީހާއަށް ތިމަރަފުށި ހެލްތް ސެންޓަރުން ފަރުވާދިނުމަށްފަހު މިހާރު ވަނީ އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެންގޮސްފައެވެ.

އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟