ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހެކަތަން ކާމިޔާބުކުރި ޓީމުތައް އިއުލާނުކޮށްފިއެވެ.
"ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް' މި ތީމުގެ ދަށުން 30 އަށްވުރެ ގިނަ ބައިވެރިންނާއެކު މިފަހަރު ބޭއްވި ހެކަތަން 48 ގަޑިއިރަށް ދެމިގެންދިޔަ އިރު، ހެކެތަން ކާމިޔާބުކުރި ޓީމުތައް އިއުލާނުކުރީ ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގައެވެ.
ބީއެމްއެލް ހެކަތަން ކާމިޔާބުކުރި ޓީމުތައް:
ހެކަތަންއާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ފިންޓެކް ކޮމިއުނިޓީގެ ފަރާތުން ހެކަތަންއަށް ދިން ޝައުގުވެރިކަމަކީ އުފާލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓާސްއަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން،" ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ، ހެކަތަން ކާމިޔާބުކުރި ތިން ޓީމުން ހުށަހެޅި ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް އެ ބޭންކުގެ އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ބޭންކުގެ ފަރާތުން ކަންތައްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ. އެގޮތުން:
މި މަސައްކަތް ކުރިޔަށްދާ ގޮތުން، ޕްރޮޖެކްޓް އެއްކޮށް ނިމުމުން، ބީއެމްއެލް އިން އެއާއި އެކަށީގެންވާ އަގެއް ދިނުމަށް ފަހު ޕްރޮޑަކްޓް ގަންނާނެ އެވެ. އަދި އެޔަށްފަހު، މެނޭޖްމެންޓް ކޮންތްރެކްޓެއްވެސް ދޭނެއެވެ.